އައްޑޫސިޓީގައި ފަޅުގޯތި ގިނަވުމަކީ ސިޓީގެ ތަރައްގީއަށްއޮތް ހުރަހެއް ކަމަށް ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބުހަރީ ޒުހައިރު) ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުގައި 400 އަށްވުރެގިނަ ފަޅުގޯތި އެބައޮތް ކަމަށެވެ. "ފަޅުގޯތިތައް ގިނަވުމަކީ ސިޓީގެ ތަރައްގީއަށްވެސް އޮތްހުރަހެއް. ވަރަށް ކައިރިކައިރީގައިވެސް ފަޅުގޯތިތައް އެބަހުރި،" އޭނާ ވިދާޅުވިއެވެ.
ހައުސިމިން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ ފަޅުގޯތިތައް އިތުރުވިޔަސް އެކަމާ މިނިސްޓްރީއަށް ކުރެވޭނެ މާބޮޑުކަމެއްނެތް ކަމަށެވެ. "އެއީ މީހުންނަށް ދީފައިވާ ގޯތިތަކެއް. މީހުންގެ ހައްގުތަކަށް މިސަރުކާރުން އަރައި ނުގަންނާނެ. އެހެންނަމަވެސް ގޯތިތަކުގެ ވެރިން އެކަން ވިސްނައިގެން އިމާރާތްކޮށް އެތަންތަން ފަޅުވިޔަ ނުދިނުމަށް މަސައްކަތްކުރަންޖެހޭ. އެކަންކަމަށް މީހުން ވަރަށް ސަމާލުވެއްޖެ ކަމަށްވާނަމަ ފަޅުގޯތީގެ މައްސަލަވެސް ހައްލުވެގެންދާނެ،" ޒިޔާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫސިޓީއަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް އެބަ ހިންގަވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ފެނުގެ ޚިދުމަތް މިހާރުވެސް ބައެއް ގޭގެއަށް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
Bodu makaru veri ei thee