ރާނާއަޅަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ފެނިއްޖެ

މ. މުލި

ރާނާއަޅަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ފެނިއްޖެ އެވެ.

މުލީ ކައުންސިލާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވަނީ އެ ފަތުރުވެރިޔާ  ފެނުނީ އެ އަތޮޅު ވޭވަށުން ކަމަށެވެ.

އޭނާ ގެއްލިފައިވަނީ ހަތް ފަތުރުވެރިންނާއެކު އެ ސަރަހައްދުގައި ރާޅާއަޅަން ގޮސް އުޅުމުގެ ތެރޭގަ އެވެ.

ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

މި ދުވަސްވަރަކީ މުލި ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރެއްކަންވެސް އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.