ތުރާކުނުގައި އަލަށް އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި

ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

މި މިސްކިތުގެ ބިންގާ އަޅާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ 07 އޮކްޓޯބަރު 2022 ގައި ތުރާކުނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ އާއި ރައްޔިތުންގެ މަޖްލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ތުރާކުނު ކައުންސިލުން ބައިވެރިވެވަޑައިގެންނެވި އެވެ. 300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ 10.6 މިލިއަން ރުފިޔާއަށް މައިކްރޯން ޕްރިވެޓް ލިމިޓެޑާ އެވެ.

365 ނުވަތަ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށް މި ޕްރޮޖެކްޓް އެ ކުންފުންޏާއި ޙަވާލުކޮށްފައިވަނީ 23 މާރޗް 2022 ގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.