ހޫތީން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ދެކޮޅު ހެދުމުން ރާއްޖޭގެ ސަރުކާރުން އެކަން ކުށްވެރިކޮށްފި

ހޫތީން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ދެކޮޅު ހެދުމުން ރާއްޖޭގެ ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަމަނުގެ ރައްޔިތުންނަަށް ސުލްހަ ލިބޭނެ ގޮތަކަށް އދ. އާއި ގަލްފު އިނީޝިއޭޓިވުން ލަފާދީފައިވާ ފަދައިން ޔަމަނުގެ މައްސަލައަށް ސިޔާސީ ހައްލު ގެންނަން ރާއްޖެއިން ތާއީދުކުރާ ކަމަށެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ޔަމަނަށް ކަނޑައެޅުއްވި މަންދޫބު އެކުލަވާލެއްވި ސުލްހައިގެ އެއްބަސްވުމާ ހޫތީން ދެކޮޅު ހެދުމުން އެކަން ބަލައިނުގަނެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުންފަ އެވެ.

ޔަމަނުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ޓެރަރިސްޓް ގުރޫޕު، ހޫތީން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ދެކޮޅު ހެދުމުން ރާއްޖޭގެ ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.

މީގެ އިތުރުން އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސައުދީ އަރަބިއްޔާއިން، ޔަމަނުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ހޫތީ ޖަމާއަތުގެ ހަނގުރާމަވެރިންނާއި ޔަމަން ސަރުކާރު ސިފައިންނާ ދެމެދު ދާޚިލީ ހަނގުރާމައެއް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޔަމަންގެ ދާހިލީ ހަނގުރާމައިގައި މިހާތަނަށް 233،000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިޔަން ބަޔަކު ގެދޮރު ވަނީ ގެއްލި ހާލުގައި ޖެހިފަ އެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.