ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށާއި ނެދަރލޭންޑަށް މިއަދު ފުރާވަޑައިގެންފައިވާ ކަމަށެވެ.
ފޮރިން މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ މިމަހުގެ 19އިން އަންނަ ނޮވެމްބަރުމަހުގެ 4 އަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި އިނގިރޭސި އާސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ ތެރޭގައި، އިނގިރޭސިވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް ޖޭމްސް ކްލެވަރލީއާއި ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއިގުޅޭގޮތުން ޝާހިދު މަޝްވަރާ ކުރައްވާނެ އެވެ.
އޭގެ އިތުރުން މި ދަތުރުފުޅުގައި، ހަމަނުޖެހުންތަކުގައި ހިންގާ ޖިންސީ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އައްޔަން ކުރައްވާފައިވާ އިނގިރޭސި ބޮޑުވަޒީރުގެ ޚާއްސަ މަންދޫބުގެ އިތުރުން މިނިސްޓްރ އޮފް ސްޓޭޓް ފޯ ދަ މިޑްލްއީސްޓް، ސައުތު އޭޝިއާ އެންޑް ދަ ޔުނައިޓެޑް ނޭޝަންސް، ވިމްބަލްޑަންގެ ލޯރޑް އަހުމަދުގެ އިތުރުން މިނިސްޓަރ ފޯ އޭޝިއާ، އެނާރޖީ ކްލައިމެޓް އެންޑް އެންވިރޮންމަންޓް ދަ ލޯރޑް ގޯލްޑްސްމިތު އާއި ހައުސް އޮފް ކޮމޮންސްގެ މެމްބަރުންނާއި ހައުސް އޮފް ލޯރޑްސްގެ މެމްބަރުންވެސް ހިމެނޭކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
މިދަތުރުފުޅުގައި، އޮކްސްފޯރޑް ޔޫނިއަން ސޮސައިޓީގައި، "ދަ ފިއުޗަރ އޮފް މަލްޓިލޭޓަރިޒަމް" މިމައުޟޫއަށް ޝާހިދު ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރުހުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލުގެ އިތުރުން ޖޮއިންޓް ސެކެޓްރީ ޝިއުނީން ރަޝީދުވެސް ބައިވެރިވެ އެވެ.