ޔޯގާ ދުވަހުގެ ހަމަނުޖެހުން: ގިނަބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަރަކާތަށް އަޅައި، ހަމަނުޖެހުން ހިންގުމުން ގިނަބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. އަދި ހަތް މީހެއްގެ މައްޗަށް ހަމަ އެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝައިޚް ފަޒުލޫން އާއި ޝައިހް އާދަމް ނިޝާނަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ވަނީ އުފުލާފަ އެވެ. އެ ދައުވާގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އުފުލި މީހުން:

  1. މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
  2. ތ. ތިމަރަފުށި/ ނަރުގިސްވިލާ، އަބްދުالله ރިފާއު
  3. ނ. މިލަދޫ/ ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
  4. ރ. ކަނދޮޅުދޫ/ އަލަމާގެ، އަހުމަދު އަކްސަމް
  5. ގއ. މާމެންދޫ/ އަސްރަފީވިލާ، އަހުމަދު ނަސޫހް
  6. މ. ކުދެހިގެ/ ހަސަން ޝިފާޒު
  7. ފ. ދަނބުރުދޫ/ އާބާދީގުލްޝަން، ޝަބިމް އާދަމް

މި ދައުވާ ސަބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި މީހުން:

  1. ހއ. ހޯރަފުށީ/ ޔާގޫތުގެ، މުހައްމަދު އިސްމާއިލް
  2. ގ. ފީނިކްސް/ އަބްދުالله ނިޔާޒު
  3. ތ. ތިމަރަފުށި/ އަލީއާބާދު، އަލީ މުހައްމަދު
  4. ނ. ވެލިދޫ/ މިލާނޯ، އިބްރާހިމް ޒިހާނު
  5. ލ. މުންޑޫ/ އަންނާރުމާގެ، މުހައްމަދު ޝާން
  6. ހދ. ކުޅުދުއްފުށި/ ބާބޫގެ، ހުސެއިން އަލީ
  7. މ. ފަޅުމަތީގެ/ އަހުމަދު އަލީ

މި ދައުވާ ސަބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

2 ޚިޔާލު

  1. ހިޔާލެއް ފާޅުކޮއްލާކައްނުކެރޭނެ!ފާޅުކޮއްފިނަމަ އަންނާނެހުކުމަކީ 12 އަހަރާ 19 އަހަރާދެމެދުގެ ޖަލުުހުކުމެއްކަމައްވެސް ވެދާނެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.