މަހަކަށް ވުރެ ގިނަ ދުވަސްފަހުން ޝައިޚް ނިޝާން ދޫކޮށްލައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަރަކާތް ހުއްޓުވަން ހުރަސްއެޅި މައްސަލައިގާ ފުލުހުން ހައްޔަރުކުރި ޝައިޚް  އާދަމް ނިޝާން މުހައްމަދު ބަންދުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކުގައެވެ. އެގޮތުން މާލެއިން ބޭރަށް ވަޑައިނުގަތުމާއި، ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެވުމާއި، ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވެވަޑައިގަތުމަށް ކޯޓުންވަނީ ޝަރުތުކޮށްފައެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް ހަމަނުޖެހުން ހިންގި މީހުންނާ މުއާމަލާތްކޮށް އެކަމަށް ހިތްވަރު ދިނުމަށް ސޯޝަލްމީޑިއާގައި މަސައްކަތްކުރި ކަމުގެ ހެކިތައް ލިބިފައިވާ ކަމަށް ދައުލަތުންނާއި ފުލުހުން ހައިކޯޓުގައި ވަނީ ބުނެފައެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 23 މީހަކު ހައްޔަރުކޮށްފައިވާއިރު އެކިފަހަރުމަތިން ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އަދި ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.