އެސްޓީއޯ އިން ހިޓާޗީ ފްރިޖުގެ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ އިން ހިޓާޗީ ފްރިޖުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ހިޓާޗީ ފްރިޖު ޕްރޮމޯ" ގެ ނަމުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 5 ނޮވެމްބަރ ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގަ އެވެ.

މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ލިބޭނެ އެވެ.

މި ގިފްޓް ވޮއުޗަރގެ ދަށުން އިނާމުގެ ގޮތުގައި ސުޕަރ މާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެތަކެތި ލިބޭނެ އެވެ.

ޕްރޮމޯޝަންގައި ހިމެނޭ ފްރިޖްތަކުގެ ތެރެއިން ކުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.