އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާރކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަންފަށައިފި

އަލަށް ތައާރަފުކުރި އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަންފަށައިފި އެވެ.

މި އެންމެ ފަހުގެ އައިފޯން 14 ޕްރޯ އަދި 14 ޕްރޯ މެކްސް ޕްރީއޯޑަރ ކުރުމަށް ދިރާގުން މިދަޔަ ހުކުރު ދުވަހު (16 ސެޕްޓްންބަރު) ގައި ހުޅުވާލުމާއިއެކު ކުޑަ ހިނދުކޮޅެއްގައި ތެރޭގައި ސްޓޮކްވަނީ ހުސްވެފަ އެވެ.

ކަސްޓަމަރުންގެ މި ހޫނު ތަރުހީބާއިއެކު އައު ސްޓޮކް ލިބުމުން މިހަފުގެ އައިފޯން ދިރާގުން ގަތުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ޒަމާނީ އައު ފީޗާރސް ތަކަކާއިއެކު ނެރެފައިވާ މި އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއިއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުން ވެސް ގަނެވޭނެ އެވެ. އަދި މި އައު އައިފޯނު ދިރާގު މެދުވެރިކޮށް ގަންނަ ކަސްޓަމަރުންނަށް 6 މަސް ދުވަހަށް، މަހަކު 5ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެއެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުން ނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.