މިނިވަން ދުވަސް ފާހަގަކުރުމަށް ދިރާގުން ހާއްސަ ޕްރޮމޯޝަނެއް!

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް "މިނިވާ އުފާ އެޑް-އޮން" އެންމެ 99 ރުފިޔާއަށް  އެކްޓިވޭޓްކޮށްލައިގެން އަންލިމިޓެޑް މޮބައިލް ޑޭޓާ 24 ގަޑިއިރަށް ލިބޭނެ އެވެ.

މީގެ އިތުރުން ގޭގައި ތިބެގެން ސްޓްރީމްކޮށް މުނިފޫހިފިލުވުމުގައި މި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް ތިރީގައި ވާ ފައިބަރ ބްރޯޑްބޭންޑް ބޫސްޓާތައް އެކްޓިވޭޓްކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭނެ އެވެ.

  • ފައިބަރ ބްރޯޑްބޭންޑް ބޫސްޓާ 200 ޖީބީ – 200 ރުފިޔާ
  • ފައިބަރ ބްރޯޑްބޭންޑް ބޫސްޓާ 300 ޖީބީ – 300 ރުފިޔާ

މި ލިމިޓެޑް އޮފާތައް ކުރިއަށް ދާނީ 20 ޖުލައި އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  https://bit.ly/Dhiraagu-App   ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 343 އަށް‘UNL’  ޖެއްސެވުމަށްފަހު އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.