ވިނަރެސް ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ގައި ހާހަކަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

ވިނަރެސް ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ގައި ހާހަކަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފުލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

އެ މުއްދަތު ހަމަވެފައިވީއިރު، 1413 ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މި ފުލެޓުތަކަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ޝަރުތުހަމަވެފައިވާކަން ކަނޑައަޅާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. މިނިސްޓްރީން ވިނަރެސް ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ސްކޯރ ތަރުތީބުން ލިސްޓް ކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ލިސްޓް އޯޑަރަށް ޔުނިޓު ޚިޔާރުކުރުމަށް ހުޅުވާލާނެ ކަމަށާއި އެއަށްފަހު އެޗްޑީސީން ފައިނޭންޝިއަލް އެލިޖިބިލިޓީގެ އިވެލުއޭޝަންގެ މަސައްކަތް ކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފައިނޭންޝިއަލް އެލިޖިބިލިޓީން ޝަރުތުހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓްގައިވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސަރުކާރުގެ އިސްނެގުމާއިއެކު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހިނގަމުންދާ މަޝްރޫއު، ވިނަރެސް އަކީ ހުޅުމާލެ ފޭސް 2ގައި އެޗްޑީސީން ތަރައްޤީކުރަމުން އަންނަ މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ.

މި މަޝްރޫއުގައި 1344 އެޕާޓްމަންޓް ހިމެނޭގޮތަށް 10 ޓަވަރު ހިމެނެއެވެ. އަދި ދެ ވައްތަރެއްގެ އެޕާޓްމަންޓް ހިމެނޭއިރު 902 އަކަފޫޓު އަދި 883 އަކަފޫޓު ހިމެނޭ މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރި އަދި 3 ފާހަނާގެ އިތުރުން ބެލްކަނީ ހިމެނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.