ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޭރުތޮށީގެ ޕްރޮފައިލިންގ މަސަައްކަތް ނިމިއްޖެ

ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޭރުތޮށީގެ ޕްރޮފައިލިންގ މަސަައްކަތް ނިމިއްޖެއެވެ.

މި މަސައްކަތްކުރާ ކުންފުނި އެމްޓީސީސީން ބުނީ ކ. ބަނޑޮސް ގޮނޑުދޮށުގެ ދެކުނު އިރުމަތީ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށީގެ ޕްރޮފައިލިންގ މަސަައްކަތްތައް ވަނީ މިހާރު ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން 557 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ ކްލައިންޓަކީ އޯރކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.