މޮޅަދޫ އާއި ކުރެންދޫގައި އައު އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފި

މޮޅަދޫ އާއި ކުރެންދޫގައި އައު އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ޅ. ކުރެންދޫގައި 18 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދީފައިވާ ކަމަށެވެ. އަދި އެރަށުގެ އައު އިންޖީނުގެއިން ޚިދުމަތް ދޭން ފަށާފައިވަނީ މި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

މީގެ އިތުރުން ހއ. މޮޅަދޫގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ވެސް ނިއްވާލާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ މޮޅަދޫ އައު އިންޖީނުގެއިން ވެސް ކަރަންޓު ދޭން ފަށާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގައި ހުރި ޒަމާންވީ އިންޖީނުގެތައް ނިއްވާލާ، ޒަމާނީގޮތަށް ތަރައްގީކޮށްފައިވާ އިންޖީނުގެތައް އިމާރާތްކޮށް ފެނަކައިން އަންނަނީ ރައްޔިތުންނަށް ލުއި ފަސޭހަތައް ފޯރުކޮށްދެމުންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.