ސަރުކާރަށް ފައިދާވާ ވިޔަފާރި ކުންފުންޏަކަށް ފެނަކަ ހެދުމުގެ ވިސްނުމެއް ނެތް: ރައީސް

ސަރުކާރަށް ބޮޑު ފައިދާއެއްވާ ވިޔަފާރި ކުންފުންޏަކަށް ފެނަކަ ހެދުމުގެ ވިސްނުންފުޅު ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ނޮޅިވަރަމުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފެނަކައަކީ ސަރުކާރަށް އާމްދަނީ ހޯދަން އޮންނަ ކުންފުންޏެއް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ކުންފުނިން ވީހާ ވެސް ގިނަ ވަޒީފާ ރައްޔިތުންނަށް ދެއްވާނެކަމަށެވެ.

ކޮންމެ ރަށެއްގައި ހިންގާ ފެނަކަ އޮފީހުން ‘ސިޔާސީ’ ގޮތުން ގިނަ ވަޒީފާތަކެއް ދޭ ކަމަށް ބުނެ ދައްކަމުންދާ ވަހަކަތަކަަށް ރައްދު ދެއްވާ، ރައީސް ވިދާޅުވީ ފެނަކައަކީ ރަށްރަށުގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ވެސް ދޭ ކުންފުންޏެއް ކަމަށެވެ. އަދި މި ހުރިހާ ކަމަކަށް މުވައްޒަފުން ބޭނުންވާ ކަމަށާއި ފެނަކައަކީ ހަމައެކަނި ކަރަންޓު ދޭ ތަނެއް ނޫންކަމަށެވެ.

ފެނަަކައަކީ ސަރުކާރަށް ބޮޑު ފައިދާއެއްވާ ވިޔަފާރި ކުންފުންޏަކަށް ހެދުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަން ހާމަކުރައްވާ ވިދާޅުވީ އަސާސީ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނިތަކުން ގިނަ ބަޔަކަށް ވަޒީފާ ދީ، ލިބޭ އާމްދަނީއަކުން ކިރިޔާ ފުދުމުން މަގްސަދު ހާސިލުވީ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.