މަނަދޫ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ނ. މަނަދޫ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫޢުގެ މަސައްކަތުގެ 46 ޕަސެންޓް ނިމި، މިހާރު ކުރިއަށްދަނީ ޖެޓީ ހެދުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، ކޮންކްރީޓް ބްރިޖެއް ހަދާ ރޭމްޕެއް ހަދާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުންނެވެ.

މިއީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.