މިނީ ބަހުގެ ޚިދުމަތް ދިނުމަށް 36 ބަސް ގެނެސްފި

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް 36 ބަސް ރާއްޖެ ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ ރާއްޖެ ގެނައި 36 މިނީ ބަސް ކަސްޓަމްސްއިން ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުން ހިމެނެއެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ފެބުރުއަރީ، 2019ގައެވެ.

ރައީސްގެ އެ ވަޢުދުފުޅާއެކު މާލެއަށް އެންމެ ފުރަތަމަ މިނީ ބަސް ތައާރަފްކުރުމުގެ މަސައްކަތް ހަވާލުކުރީ ޓްރާންސްޕޯޓް މިނިސްޓްރީއާއެވެ.

ނަމަވެސް އެ މިނިސްޓްރީއަށް އެމަސައްކަތް ނުފެށި ލަސްވެފައިވަނީ ފައިސާ ނެތުމުން ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.

މިނީ ބަސް މަޑުކުރާނެ ބަސް ސްޓޮޕް ހެދުމުގެ މަސައްކަތުގެ ސަރވޭއެއް އެ މިނިސްޓްރީން ވަނީ ކޮށްފައިވީނަމަވެސް އެ ސާރވޭގެ މަސައްކަތް އެއްކޮށް ނިމިފައެއްނުވެއެވެ.

މަޖީދީމަގާއި އަމީނީމަގާއި އޯކިޑުމަގާއި ފަރީދީ މަގާއި މާލޭގެ އެތެރޭގެ ބައެއް މަގުތަކުގައި ބަސް ސްޓޮޕް ހެދުމަށް ވަނީ ނިންމާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.