ގާސިމް އިބްރާހީމް އަކީ ހުރިހާ ބޭފުޅުންނާއެކުވެސް މަސައްކަތް ކުރެއްވޭނެ ބޭފުޅެއް: އަމީން އިބްރާހިމް

އަމީން އިބްރާހިމް - ފައިލް ފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަކީ ހުރިހާ ބޭފުޅުންނާއެކުވެސް މަސައްކަތް ކުރެއްވޭނެ ބޭފުޅެއް ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޖޭޕީ ގެ ހަތަރު ވަނަ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް އެ ޕާޓީން ފެށުމުން އެކަމުގެ މައުލޫމާތު ދެއްވަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަމީން ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަށް ހަތް މެންބަރުންގެ ސްޓިއަރިންގ ކޮމެޓީއެއް އެ ޕާޓީގެ ކައުންސިލުން ނަގާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ޖޭޕީއާ އަލަށް ގުޅޭ ކޮންމެ މެމްބަރަކަށް ވެސް ޕާޓީގެ ހުރިހާ މެމްބަރުން ވެސް އިޚްލާސްތެރި މަރުހަބާ ކިޔާނެ ކަމަށެވެ. އަދި އެމީހަކާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

ސްޓިއަރިންގ ކޮމެޓީގެ ޗެއާރ، އަޒްލީން އަޙްމަދު ވިދާޅުވީ އެ ޕާޓީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ހެދުމަށް އެކަމަށް އެދޭ ޕާޓީގެ މެންބަރުންނަށާއި، އަލަށް ޕާޓީއާ ގުޅެން ބޭނުންވާ މެންބަރުންނަށް އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާގައިވާ ކަމަށެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.