ގދ. ތިނަދޫ އިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ގދ. ތިނަދޫ އިން ގެއްލިގެން ހޯދަމުންދިޔަ ކަސްޓަޑުގެއާގޭ ހައްވާފާނު (ހައްވަހަންތަ) ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފެނިފައިވަނީ ފަޅު ގެއެއްގެ ތެރޭގައި ވެއްޓިފައި އޮއްވައެވެ.

އެރަށު ކައުންސިލުން ބުނީ އޭނާއަށް އެރަށު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.

އެ ރަށު ކައުންސިލާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އޭނާއަށް ވީ ގޮތް އަދިޔަގީން ނުވާ ކަމަށާއި އެހެންނަމަވެސް ނޭވާލާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތުގައި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި މިފަދަ ކޮންމެ ކަމެއްގައި ވެސް ތިނަދޫ ރައްޔިތުން އެކަތިގަނޑަކަށްވެ، ވަރަށް އެއްބައިވަންތަކަމުގެ ނަމޫނާއެއް ދައްކާކަން ތިނަދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.