އަންނައަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅަނީ

އަންނައަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން ބުނީ މިހާރުލަފާކޮށްފައިވާގޮތުން އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަދި ކަނޑައެޅި ބަޖެޓާ ގުޅޭ ތަފުސީލުތައް ފިނޭންސް މިނިސްޓްރީ އަށް ފިނުވާފައިވާ ކަމަށްވެސް ބުންޏެވެ.

ރިޔާސީ އިންތިޚާބަށް އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީ ދަތުރުފަތުރަށް ކަމަށާއި ރާއްޖެ އާއި ރާއްޖޭން ބޭރަށް ވޯޓު ކަރުދާހާއި އޮފިޝަލުން ފޮނުވުމަށް ބޮޑު ހޭދައެއް ދާ ކަމަށް އީސީން ބުންޏެވެ.

އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއް އެ ކޮމިޝަނުން އަދިހާމައެއް ނުކުރެއެވެ.

މި އިންތިޚާބަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، ރިޔާސީ ޓިކެޓް ކަށަވަރުވެފައިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އާއި ޑީއާރްޕީގެ ލީޑަރު އަބުދުﷲ ޖާބިރާއި އެމްޑީއޭގެ އަހުމަދު ސިޔާމް މުހައްމަދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.