ނޫ އިޤްތިސާދު ވީތަނެއް ނޭނގިގެން މެމްބަރު ތޯރިގު ސުވާލުކުރައްވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނޫ އިޤްތިސާދު ވީތަނެއް ނޭނގިގެން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ސުވާލުކުރައްވައިފިއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިމިވަނީ ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް ރައީސް ސާލިހު އިލްތިސްލާސް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ތޯރިގް ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ "ކޮން ނިޒާމު ބަދަލުކުރާ ވާހަކައެއްތަ? ތި ދެވެރިންތީ އެއްގަހަކުން ފަޅާފައިވާ ދެނިރު. ރައްޔިތުންނަށްވީ ވައުދު ނުފުއްދުނީމައި، ނިޒާމޭކިޔާފައި ރައްޔިތުން ގޮނބޯ ހައްދަނީ. ނޫ އިޤްތިސާދު ވީތަނެއް އެނގިލައްވާތޯ؟" މިފަދައިންނެވެ.

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށް ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާއިރު، ރައީސް ސާލިހު ވެސް ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވެސް ބަރުލަމާނީ އަށް ތާއީދު ނުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޖޭޕީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ވެސް ވިދާޅުވެފައިވަނީ ރައްޔިތުންނަށް އެންމެފައިދާވާނީ ރިޔާސީ ނިޒާމުން ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.