ރާއްޖެއަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމުކަން ހުރިހާ ރައްޔިތުންވެސް ގަބޫލުކުރޭ: ރައީސް ނަޝީދު

ރާއްޖެއަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަން ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނެއުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިހާރު އޮތް ގާނޫނު އަސާސީއަށް ބަދަލު ގެނެވި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މި އަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނަގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިންގަމުންދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ އެކި ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށާއި ޕާޓީގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާނެ ކަން ޔަގީން ކުރައްވާ ކަމަށެވެ.

އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެއީ ގާނޫނު އަސާސީ އިސްލާހު ކުރެވިފައިވާ ގޮތަށް ބޭއްވޭ ރިޔާސީ ނިޒާމަކަށްވެ، 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުން މަޖިލީހުގެ އިންތިޚާބާ އެކުގައި ފުރިހަމަ ބަރުލަމާނީ ނިޒާމުގައި މަސައްކަތް ކުރަން ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

3 ޚިޔާލު

  1. Mi gaumuga othee hama ekani keneree geyah ufan meehunneh noon. Ehenveema manikufaanan kihinehthoo nigunee rahyithun beynunvaa goih. . Verikamah kenereegey Nasheed aumuge visnumaa hiyaalu hithahves nugenaumah edhen.

  2. މިމުސްލިމު ދިވެހިރާއްޖެއަށް ބޭނުން ވަނީ އިސްލާމީ ނިޒާމަކާއި އިސްލާމީ ވެރިކަމެށް މިއާއި ޚިލާފަށް ނަޝީދުގެ ނިޒާމަށް ތާއިދު ކުރާމީހާއާއި މވ އިސްލާމީ ނިޒާމުނޫން އެހެން ނިޒާމަކަށް ތާއިދު ކުރުމުގެ ޖަޒާއަށް އެދޭމީހަކު ނޫނީ ނަޝީދުގެ ހޮޅަގުގެ ނިޒާމަށް ތާއިދެށް ނުކުރާނެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.