ފ.ނިލަންދޫ ޑަބްލިއުޑީސީ އާއި ޤާސިމް އިބްރާހިމް ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އދ. މާމިގިލީ ދާއިރާ ރައްޔިތުންގެ މަޖިލިސް މެމްބަރ ޤާސިމް އިބްރާހިމް ފ. އަތޮޅު ނިލަންދޫ، ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ނިލަންދޫ ކައުންސިލް ރައީސް އަލީ އަހުމަދު އާއި ޑަބްލިއުޑީސީގެ ރައީސް ނަސީބާ އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ލީޑަރ ޤާސިމް އިބްރާހިމް ވަނީ ފ. ނިލަންދޫގެ އަންހެނުން ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތާއި ރަށުގައި ހިނގަމުންދާ އެކިއެކި ތަރައްޤީގެ މަސައްކަތްތައް އޮޅުންފިލުއްވާފައެވެ. މިބައްދަލުވުމުގައި ލީޑަރ ޤާސިމް އިބްރާހިމް ވަނީ ރަށުގެ ތަރައްޤީގެ ބައެއް މަސައްކަތްތަަކަށް އެހީތެރިވެދެއްވަވަން ނިންމަވާފައެވެ.

މިގޮތުން ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކޮށްދެއްވުމަށް އެހީތެރިވުމާއި ވޮލީކޯޓެއް ތަރައްޤީ ކޮށްދެއްވުމާއި އަދި މިނޫންވެސް މިފަދަބައެއް މަސައްކަތްތައް ހިމެނެއެވެ.

ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް އަބަދުވެސް ފ. ނިލަންދޫގެ ތަރައްޤީގެ އެކިއެކި މަސައްކަތްތަކުގައި ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަން އަދި ވަކިން ޚާއްޞަކޮށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ކައުންސިލް ރައީސް އަލީ އަހުމަދު އާއި ޑަބްލިއުޑީސީގެ ރައީސް ނަސީބާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، މިކަމުގެ ރަމްޒެއްގެ ގޮތުން ވަނީ ހަނދާނީ ފިލައެއް ލީޑަރ ޤާސިމް އިބްރާހިމް އަށް އަރުވާފައެވެ.

ޖުމްހޫރީޕާޓީގެ ކައުންސިލް މެމްބަރު، މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އައިޝަތު ނަހުލާ އިސްވެހުންނަވާ ޖޭޕީގެ ބައެއް އިސްފަރާތްތަކާއި އެކު ވަނީ ހުސްވި އަހަރު ފަހުކޮޅު ފ. ނިލަންދޫއަށް ވަޑައިގެން ޖޭޕީ އަށް މެމްބަރުން އިތުރުކުރުމުގެ ޙަރަކާތެއްވެސް ހިންގަވާފައެވެ. އެ ދަތުރުފުޅުގައި ކައުންސިލް މެމްބަރު ނަހުލާ އާއި ޖޭޕީގެ ޓީމުންވަނީ ރަށު ކައުންސިލް، ޑަބްލިއުޑީސީ އާއި އަދި، ރަށުގެ ބައެއް އިސްފަރާތްތަކާއި ބައްދަލުކުރައްވަވާ ފައެވެ.

މިދަތުރުގައި އެރަށުން ކައުންސިލް މެމްބަރ މިނިސްޓަރ އައިޝަތުނަހުލާ އަށް ހޫނު މަރުޙަބާއެއް ކިޔުއްވާ އަދި، އެ ރަށުން ޖޭޕީއާއި ގިނަ ބަޔަކު ވަނީ ގުޅިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.