މަންދޫ ބަނދަރުގެ އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކޮށް ނިންމައިފި

އދ. މަންދޫ ބަނދަރުގެ އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކޮށް ނިންމައިފިއެވެ.

މި މަސައްކަތްކުރާ ކުންފުނި، އެމްޓީސީސީން ބުނީ އެރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 79 އިންސައްތަ ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 71 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މީގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނޭ މި މަޝްރޫޢަކީ 34.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.