މީރާ ފަޅައިލައިގެން ވައްކަން ކޮށްފި – ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަޅާލައިގެން ވަދެ ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނީ މީރާއަށް ވައްކަން ކުރަން ވަނީ މިއަދު ހެނދުނު 8:30 ހާއިރު، ދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ.

އެހެންނަމަވެސް ވަގަށް ނަގާފައިވަނީ އެންމެ 25 ރުފިޔާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށާއި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީ ވެސް ހިންގަމުންދާ މީރާގެ އިމާރާތަކީ 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާތަނެކެވެ.

އެހެންކަމުން އެތަން ފަޅާލައި ވައްކަން ކުރުމުން ގިނަބައެއްގެ ފާޑުކިޔުން އަންނަނީ ފާޑުކިޔަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.