މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށް 30 ދުވަސް ޖަހައިފި

ފޮޓޯ: ދަ ޕްރެސް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށް 30 ދުވަސް ޖަހައިފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ދަނޑުގައި ޔޯގާ އިވެންޓެއް ކުރިއަށް ދަނިކޮށް، ޕީޕީއެމްގެ އޮފީހުން ދިދަތައް ނެރެގެން ގޮސް އަޑުއުފުލައި ފުލުހުންގެ ސަފުތައް ފަޅާލައި ވަދެގަނެ މީހުންނަށް ބިރުދައްކައި އިންޒާރުދީ ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ.

ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި، އެ ހަމަނުޖެހުމާ ގުޅިގެން ޝޭޚް އާދަމް ނިޝާނާއި ޝޭޚް ފަޒްލޫން މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ބައެއް އެހެން މީހުން ވެސް ހައްޔަރުކޮށް، އޭގެތެރެއިން ބައެއް މީހުންގެ ބަންދަށް ދެ މަސް ދުވަސް ވެސް ވަނީ ޖަހާފައެވެ.

މި ހަމަނުޖެހުން ހިންގަން ދަނޑަށް ވަދެގަންނަން ފުރުސަތު ލިބުނީ ފުލުހުންގެ ފެއިލިއާއަކުން ކަމަށް ތުހުމަތުކުރަނިކޮށް، އެ މުއައްސަސާ އިން ވަނީ އެކަމަށް އެއްބަސްވެފައެވެ.

ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ޚާއްސަ އިންކުއަރީއެއް ދަނީ ހިންގަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.