ބޮޑުހިލައިގެ 2 ވަނަ ޝިޕްމެންޓް އެމްޓީސީސީން ފެލިވަރަށް ގެންގޮސްފި

ޅ. ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާއިރު، މިވަގުތު ކުރެވެމުންދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގައި 6 ހެކްޓަރުގެ ބިން ހިއްކުމާއި 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވެސް ހަމަޖެހިފައިވެއެވެ.

113.3 މިލިއަން ރުފިޔާގެ މި މަޝްރޫއު ގައި 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ވަނީ ހިމެނާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.