ޝައިޚް ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރީ ރަނގަޅަށް: ހައިކޯޓު

ފޮޓޯ: މަރިޔަމް ޝިއުނާ (ނަންނަ) ޓްވިޓަރ

ޝެއިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

އެ ކޯޓުން އެގޮތަށް ނިންމީ ޝެއިހް ނިޝާން ބަންދުކޮށް މުއްދަތު އިތުރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

ހައިކޯޓުން މިއަދު ބުނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ނުޖެހޭ ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް ވަނީ އިއްތިފާގުވެފައެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ފަނޑިޔާރު އަލް އުސްތާޛު ހުޒައިފާ މުހައްމަދު ބެލެހެއްޓެވިއިރު، ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލް އުސްތާޛު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަލް އުސްތާޛު ހުސައިން ޝަހީދެވެ.

ފުލުހުން ބުނެފައިވަނީ ނިޝާންގެ މުއްދަތު އިތުރު ކޮށްފައިވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހިނގަމުންދަނިކޮށް އެތަނަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގާފައިވާއިރު، އެ ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ނިޝާން ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

1 ޚިޔާލު

  1. ތިޔައީ ކޯރޓުން ދާއިމީ ބަންދެއްގައި ބައިތިއްބަންޖެހޭ މީހެކެވެ. ފެށުނީއްސުރެން ދަރުހެއް ދިނަސް ނަސޭހަތެއް ދިނަސް ފިތުނަފަސާދަ އުފެއްދުން ނޫން ގޮތަކަށް އަބަދުވެސް ވާހަކަ ދައްކާ މީހެކެވެ. ފައްކާ ޚަވާރިޖް ފިކުރުގެ އެ ފިކުރު ފަތުރާ މީހެކެވެ. ރަގަޅެވެ. ދޫނުކުރައްވާތިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.