ޤާނޫނީ ވެރިކަން ނެގެހެއްޓުމަކީ ރައީސްގެ ޒިންމާއެއް - އެކަން ރައީސް ސާލިހު ކުރައްވަމުން ގެންދަވާ: ސައުދު

ފޮޓޯ: ވީ ނިއުސް

ޤާނޫނީ ވެރިކަން ނެގެހެއްޓުމަކީ ރައީސްގެ ޒިންމާއެއް ކަމަށާއި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސަޢުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ އަދި ޤާނޫނީ ވަކީލް ނާޒިމް ސައްޠާރު އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާއި ގުޅިގެން ސައުދު ވިދާޅުވީ އެއްވެސް ފިކުރަކަށް މީހަކަށް ބެލުމެއްނެތި ހަމަހަމަކަންމަތީ ޤާނޫނު ހިންގަވާތަން ފެންނަކަމަށެވެ.

"ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތީ ޤާނޫނީ ވެރިކަމެއް ކުރަން ވަޢުދުވެވަޑައިގެން. ވަކި މީހެއް ތަފާތުނުކޮށް އެންމެނަށް ހަމަހަމަ ކަންމަތީ ޤާނޫނު ހިންގުމަށް. ކުށެއް ކުރީ ކޮއްކޮތޯ ނުވަތަ ތިމާ ނިސްބަތްވާ އެމްޑީޕީ މީހެއްތޯ ނުވަތަ ކޯލިޝަން ބައިވެރިއެއްތޯ ބެލުމެއް ނެތި ޤާނޫނު ހިންގާތަން ފެނޭ." ސައުދު ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ފެށުމުން ސަރުކާރަށް ތަޢުރީފްކުރަމުން ގިނަބަޔަކު އަންނައިރު، ބައެއް މީހުން ބުނަމުންދަނީ އެންމެނަށް ޤާނޫނު ހަމަހަމަކަންމަތީ ރައީސް ހިންގަވާ މަންޒަރު ފެންނަކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.