ޓެކްނިކަލް މައްސަލައެއް ދިމާވެ، ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ، ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

ހުޅުމާލޭގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ، އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭގެއްލުންލިބުމުގެ ސަބަބުން ކަމަށާއި އެކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން އަންނަކަަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.