މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރު ނުބާއްވަން ނިންމައިފި

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރު ނުބާއްވަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން މިގޮތަށް ނިންމީ އިގްތިސާދީ ހާލަތަށް ބެލުމަށް ފަހު ކަމަށް ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް، މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަހަރު އޮންނާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ހޯމް މިނިސްޓްރީން ބުނީ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ 26 ޖުލައިވާ އަންގާރަ ދުވަހުގެ ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ.

މިނިވަން ދުވަހާއި ގުޅުވައި ކުރިން ކޮންމެ އަހަރު ބާއްވަމުން އައި ފުޅަނދު ބުރު އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރުގައެވެ. އޭގެ ކުރީގެ ތިން އަހަރުވެސް ބާއްވާފައެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.