ރަޙީމް ސްޓަރލިންގ ޗެލްސީއަށް

މެންޗެސްޓަރ ސިޓީގެ ކުޅުންތެރިޔާ ރަހީމް ސްޓަރލިންގް ޗެލްސީ އިން 47.5 ޕައުންޑްއަށް ގަނެފިއެވެ. ސްޓާރލިންގގެ މެޑިކަލް ހެދުން ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އޮންނާނެއެވެ.

ސްޓަރލިންގ ސޮއިކުރާނީ 5 އަހަރަށެވެ. އޭނާއަކީ މެންޗެސްޓަރ ސިޓީއާކު 7 ސީޒަންގައި 339 މެޗުން 131 ގޯލް ޖަހައި 74 އެސިސްޓްކޮށްފައިވާ ކުޅުންތެރިއެކެވެ. އަދި އޭގެ އިތުރަށް ސިޓީ ކާމިޔާބުކުރި 8 ލީގު ތަށީގެ ތެރެއިން 4 ތަށި ސްޓަރލިންގ އުފުލިއެވެ. ސްޓަރލިންގެ މި ސޮއި ކުރުމާއެކު އޭނާ ވާނީ ޕްރިމިއަރ ލީގުގެ އެންމެ މުސާރަބޮޑު 3 ވަނަ ކުޅުންތެރިޔާއެވެ. މިއީ ޗެލްސީގެ އާ ސީޒަންގެ ފުރަތަމަ ސޮއިކުރުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.