އެފްއޭ ކަޕްގެ ތަށި ޗެލްސީއިން އުފުލާލައިފި

ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުރިޔަށް ދިޔަ އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު 0-1ގެ ނަތީޖާއަކުން މޮޅު އެފްއޭކަޕްގެ ތަށި ޗެލްސީން އުފުލާލައިފިއެވެ.

މެޗުގައި ޖަހައިފައިވާ ހަމައެކަނި ގޯލު ޖެހީ މެޗުގެ 22 ވަނަ މިނިޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ އީޑެން ހަޒާޑެވެ.

ޗެލްސީގެ މި ކާމިޔާބީއަށްފަހު އެޓީމުގެ ކުރީގެ ކޯޗު އަދި މެންޗެސްޓަރ ޔުނައިޓެޑްގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ފައިނަލް މެޗުން ޗެލްސީ މޮޅުވުމުން އެޓީމަށް މަރުހަބާ ކަޔާ ކަމަށާއި، މެޗުން މޮޅުވިނަމަވެސް މި ކާމިޔާބީ ޗެލްސީއަށް ހައްގުނުވާ ކަމަށެވެ.

މިއީ ޗެލްސީ އެފްއޭ ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. 2007 ގައިވެސް ޗެލްސީއިން އެފްއޭ ކަޕްގެ ތަށިއުފުލާފައި ވަނީ ހަމަ މެންޗެސްޓަރ ޔުނައިޓެޑާ ބައްދަލުކޮށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.