ޒުވާން އަންހެންކުއްޖަކު ހުޅުމާލެއިން ގެއްލިގެން ހޯދަން ފަށައިފި

ގެއްލިގެން ހޯދާ ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ޙުސައިން ސިޔާނު - ފޮޓޯ: ޕޮލިސް

ޒުވާން އަންހެންކުއްޖަކު ހުޅުމާލެއިން ގެއްލިގެން ހޯދަން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަނީ ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ޙުސައިން ސިޔާނު (18އ) ކަމަށެވެ.

އޭނާ ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް ކުރެވެނު މަސައްކަތުން ހޯދިފައެއް ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ޝިއުނީ ޙުސައިން ސިޔާނު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.