7 ވަނަ މޮންސޫން ފޯރަމް ފަށައިފި

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަރާތުން އިންތިޒާމު ކޮށްފައިވާ ބާއްވާ " 07 މޮންސޫން ފޯރަމް" ފަށައިފިއެވެ.

މެޓް އޮފީހުން ބުނީ މި ފޯރަމް ފަށާފައިވަނީ 12 ޖޫން ގެ ހެނދުނު، މޫކައި ހޮޓަލްގައި ކަމަށެވެ.

މި ފޯރަމް ފެށީ ޔޫ.އެން.އީ.އެސް.ކަޕް ޕްރޮޖެކްޓްގެ ދަށުން ހިންގަމުންދާ "އެންހާންސިންގ ވެދަރ އެންޑް ކްލައިމެޓް ރެސިލިއަންސް އޮފް ރައިމްސް މެމްބަރް ސްޓޭޓްސް ތްރޫ ކެޕޭސިޓީ ބިލްޑިންގ އޮން އިމްޕެކްޓް ފޯރްކާސްޓިންގ – ފޭސް 2" ގެ ސަޕޯޓާއިއެކުގައެވެ.

މި ފޯރަމްގެ އިފްތިތާހު ކޮށްދެއްވީ މިނިސްޓްރީ އޮފް އެނަވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެނޑް ޓެކްނޯލޮޖީގެ ޕަރމަނަންޓް ސެކްރަޓަރީ، އަޖުވަދު މުސްތަފާއެވެ.

މި ރަސްމިއްޔާތުގައި މުސްތަފާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ޑޭޓާއާއި ސައިންސްގެ އަލީގައި ދިރާސާކޮށް، ދުރާލާ އެޅޭނެ ފިޔަވަޅުތަކާގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަކީ މޫސުމާބެހޭ ގައުމީ އިދާރާގެ މަސަކަތްތައް އިތުރަށް ރަނގަޅުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްގެ ކަމަށެވެ.

މި ފޯރަމްގައި އެންވަޔަރްމެންޓް މިނިސްޓްރީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ރައިމްސް އަދި ކަމާބެހޭ އެހެން ފަރާތްތަކުން ވަނީ ބައިވެރިވަފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.