މާސްކު އަޅާ - އިތުރު ފުރަބަންދަކަށް ދިއުން ރަނގަޅެއް ނޫން: ރައީސް ޞާލިޙް

ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ ނަމަވެސް އިތުރު ފުރަބަންދަކަށް ދިއުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލީހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ބަލިޖެހޭ މީހުން އިތުރުވަމުންދާއިރު ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ. މާސްކް އެޅުމުގެ އިތުރުން އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރުމަށް ވެސް ރައީސް ޞާލީޙް ރައްޔިތުންނަށް ގޮވާލެއްވިއެވެ.

 "ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން." ރައީސް ޞާލިޙް ކުރެއްވި ޓްވޫޓްގައި ވިދާޅުވިއެވެ.

ކޮވިޑް ޖެހޭ މީހުންގެ ޢަދަދު އާދަޔާ ޚިލާފަށް އިތުރުވެ އިއްޔެ ގެ ޢަދަދުތައްވެސް އުޅެނީ 215 ގައެވެ.  މީގެ ތެރެއިން 149 މީހުންނަކީ ދިވެހިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.