ގޭގެ ފުރާޅު ސްޓެލްކޯއަށް ކުއްޔަށްދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު ލިބޭ "އަވިކަތަ" ސްކީމް  އިފްތިތާހުކޮށްފި

ގޭގެ ފުރާޅު ސްޓެލްކޯއަށް ކުއްޔަށްދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު ލިބޭ ސްޓެލްކޯގެ "އަވިކަތަ" ސްކީމް  ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ސްކީމް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.

އަވިކަތަ ސްކީމް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު ޖުލައި މަހުން ފެށިގެން ހުޅުވާލުމަށް ނިންމާފައިވާއިރު، އެ ސްކީމުގައި ބައިވެރިވެވޭނީ ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއެކު ފުރާޅުގައި މަދުވެގެން 100 އަކަފޫޓު ހުރުމުންނެވެ. އަދި ފުރާޅަށް ފަސޭހައިން އަވި ލިބުމާއި ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުރުން ޝަރުތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ސްޓެލްކޯ އިން ބުނީ އެ ސްކީމްގެ ސަބަބުން ފައިސާ ލިބުމާއެކު ފަސޭހައިން ކުލި ލިބުމާއި ސޯލާ ޕެނަލް ހަރުކޮށް މަރާމާތުކުރުމަށް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. އަދި މިއީ އެކަމުގެ ސަބަބުން ތިމާވެއްޓަށް އެތައް ފައިދާއެއް ކުރާ ތިމާވެއްޓާ ރަހުމަތްތެރި ސްކީމެއް ކަމަށް ވެސް ބުންޏެވެ.

އަވިކަތަ ސްކީމުގައި ބައިވެރިވާން އެދޭ މީހުން Avikatha@stelco.com.mv އަށް އީމެއިލް ކޮށްގެން ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިން މިހާރު ވަނީ ހުޅުވާލާފައެވެ.

މި ސްކީމުގައި ބައިވެރިވާން އެދި ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ހުށަހެޅުންތައް ބެލުމަށްފަހު ސްޓެލްކޯއިން ލޮކޭޝަން ދިރާސާކުރާނެ ކަމަށާއި އެމީހެއްގެ ހުށަހެޅުން ބަލައިގަންނަ ނަމަ އެ މީހަކާ ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

2 ޚިޔާލު

  1. ކެނެރީގޭ ނަޝީދު އެއްފަހަރަކު އުޅުނު މުލިއާގޭގައި ސޯލާޕެނަލް ބަހައްޓައިގެން ސްޓެލްކޯއަށް ކަރަންޓު ވިއްކަން. ސޯލާޕެނަލްތައް ހަރުކުރަނީ ކެނެރީގޭ ކުއްޖެއް ކަމަށްވާ ނާޝިދު. މިފަހަރު އަނެއްކާ ސްޓެލްކޯއިން މިފެށި ކުޅިވަރަކީ ކޮބައިބާ؟ ކާކުގެ ސޯލާޕެނަލްތަކެއް ސްޓެލްކޯއިން ގަނެގެން ގޭގޭގައި ހަރުކުރަން މިއުޅެނީ؟

  2. އަނެއްކާ އަނެއް ކަންތައް... ފަހަތުގައި އޮތީ ކޮން ޖަރީމާއެއްބާ؟ ކޮން ކުންފުންޏެއްގެ ޕްރޮޑަކްޓެއް ވިއްކަން މިއުޅެނީ...؟ ކާކަށް ފައިސާތަކެއް ހޯދަދިނުމަށް؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.