އެފްއެސްއެމް ގެ ތެޔޮ އުފުލާ ބާޖުގެ އަދަދު 18 އަށް އަރައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ އުފުލާ ބާޖުގެ އަދަދު 18 އަށް އަރައިފިއެވެ.

އެ ކުންފުނީގެ ތެޔޮ އުފުލާ ބާޖުގެ އަދަދު 18 އަށް އެރީ އިއްޔެ ގެނައި ދެ ބާޖާއެކުގައެވެ. އެ ކުްނފުނިން އިއްޔެ ގެނައި ދެ ބާޖަށް ދީފައިވާ ނަމަކީ "އެމްވީ ހުނިކެ" އަދި "އެމްވީ ހުނިކެ ބާޖު" އެވެ.

އެއް ޑިޒައިނަކަށް ބަނދެފައިވާ މި ދެ ބާޖަށް ވެސް 260،000 ލީޓަރު ތެޔޮ އެޅޭނެ ކަމަށާއި މިއީ 2019 ވަނަ އަހަރު މިސްރުގެ ކުންފުންޏަކާ ބަންނަން ހަވާލުކުރި ހަތަރު ބާޖުގެ ތެރެއިން ދެ ބާޖު ކަމަށް އެފްއެސްއެމް އިން ބުނެއެވެ.

44 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ބާޖު ބަނުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އަނެއް ދެ ބާޖު 40 ދުވަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެފްއެސްއެމް އިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.