އުރީދޫ މޯލްޑިވްސް އެމް-ފައިސާ މެދުވެރިކޮށް މާލެ، ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެމް-ފައިސާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތާ ހޮންޑާ ސްކޫޕީ ކްލަބް 12 ސައިކަލު މިއަދު ހަވާލުކޮށްފިއެވެ.
ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ބޭއްވި މި ހާއްސަ ހަރަކާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އަދި ކިންގްސްޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ހަސަން ބައިވެރިވެވަޑައިގެންނެވި އެވެ.
އުރީދޫ މޯލްޑިވްސް އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގުޅިގެން ގްރޭޓަރ މާލެ ސަރައްހުދުގައި ބެހެއްޓިފައި ހުރި އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުގައި އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ފަހިކޮށްދިނުން ވެގެން ދިޔައީ އެފްއެސްއެމް ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ. ޕެޓްރޯލް ޝެޑުތަކުގައި ބަހައްޓާފައި ހުންނަ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްގެން ކަސްޓަމަރުންނަށް މިހާރު ސިކުންތުކޮޅެއްގެ ތެރޭގައި ފަސޭހަކަމާ އެކު ފައިސާ ދައްކާލެވެއެވެ. ފަސޭހަ އަދި ރައްކާތެރި މި ހިދުމަތުގެ އަމާޒަކީ ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވާ އިތުބާރު ހިފޭ ހައްލުތައް ހޯދައިދިނުމެވެ.
" ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބި، އެފް.އެސް.އެމްގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެފް.އެސް.އެމް އާއި އެކު ވެވުނު މި ޕަރޓްނަރޝިޕ އާއި އެކު ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މުޖުތަމައު ބާރުވެރިކުރުވުމުގެ އިތުރުން، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ރާއްޖޭގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ވެސް އެހީތެރިވެދޭ. ކުރިއަށް އޮތްތަނުގައިވެސް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި އުރީދޫ ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވަން. މި ފުރުސަތުގައި އަޅުގަނޑުމެންގެ މި ވިސްނުމާ އެއްގޮތައް އެމް-ފައިސާ ހިދުމަތް އެފްއެސްއެމްގައި ގާއިމުކޮށްދެއްވި ކަމަށްޓަކައި ފިއުލް ސަޕްލައިސް މޯލްޑިވްސް އަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ހަމަ އެޔާ އެކު އަޅުގަނޑުމެންގް ޕްރޮމޯޝަން ގެ ނަސީބުވެރި ފަރާތަށް ސްކޫޕީ ސައިކަލް ހަދިޔާ ކޮށްދެއްވި ކިންގްސްޓަން މޯލްޑިވްސް ގެ މެނޭޖްމަންޓަށްވެސް ހާއްސް ޝުކުރެއް ދަންނަވަން" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވި އެވެ.
"އެފްއެސްއެމްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަށް. އުރީދޫ މޯލްޑިވްސްއާއި ގުޅިގެން އެމް-ފައިސާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން، ފައިސާ ދެއްކުމުގައި ފަސޭހަވެގެންދިޔައީ ހަމައެކަނި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެކަނި އެއްނޫން އަޅުގަނޑުމެންގެ މުވައްޒަފުންނަށްވެސް، ޕޭމަންޓް މޮނީޓަރކޮށް ބެލެހެއްޓުމުގެ ލުއިފަސޭހަކަން ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެ. އަދި ކުރިއަށް އޮތްތަނުގައި މި ހިދުމަތް އެހެން ސަރަޙައްދުތަކަށް ފުޅާކޮށް، ފަސޭހަކަމާއި ރައްކާތެރި ކަމާއެކު ފައިސާ ދެއްކުމުގެ ފައިދާ އިތުރު ކަސްޓަމަރުންނަށް ހޯދައިދިނުމަށް އުރީދޫ އާއި އެކު މަސައްކަތްކުރާނަން." ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް.
އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ރާއްޖޭގެ އެންމެ މަގުބޫލު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށް ފައިސާ ދެއްކުމުގެ އިތުރުން ހާއްސަ އޮފާތައް ފަދަ ގިނަ ފައިދާތައް ހޯދުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫއިން މަރުހަބާ ކިޔައެވެ. އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ބޭންކުތައް މެދުވެރިކޮށް އޮންލައިންކޮށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.