އެމްޓީޑީގެ ނައިބު ރައީސްގެ މަޤާމަށް މުއާޒު އައްޔަންކޮށްފި

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) ގެ ނައިބު ރައީސްގެ މަޤާމަށް އިބްރާހީމް މުޢާޒް ޢަލީ އައްޔަން ކޮށްފިއެވެ.

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒު ޢަލީ އެމްޓީޑީ އަށް ސޮއި ކުރައްވާފައިވަނީ މި މެއި މަހުގެ 19 ވަނަ ދުވަހުއެވެ.

2011 ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާންކަން ކުރައްވާފައިވާ މުއާޒަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ގެ ވެސް ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތެކެވެ.

ޚާއްޞަކޮށް ރިޔާސީ ލޯންޗުކޮޅުގައި ރައީސް ޔާމީނަށް އަމާޒުކޮށް ދިން ހަމަލާ (ގޮވާ އެއްޗެއް ބޭނުންކޮށްގެން ދެވުނު ހަމަލާ) އަށްފަހު ވެސް މުއާޒު ވަނީ ރައީސް ޔާމީނާއި މެޑަމް ފާތުންގެ ދިފާޢު ގައި ވަރަށް ގިނަ ވާހަކަތައް ދައްކަވާފައެވެ.

އެހެންނަމަވެސް ރިޔާސީ ލޯންކޮޅުގައި ހިނގާދިޔަ ހާދިސާ، ހިނގައިދިޔަ ގޮތުގައި ތަފާތުތަކެއް ހުރިކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ވީޑިއޯ އަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ދޭހަވާގޮތަށް މުއާޒުގެ ބަސްމަގު ވަނީ ބައްޓަން ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.