އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ޓީބީ ބޭސް ހަދިޔާކޮށްފި

އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ޓިއުބަކިއުލޮސިސް (ޓީބީ) ބޭސް ހަދިޔާކޮށްފިއެވެ.

2025 ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް މި ބޭސް ބޭނުން ކުރާއިރު، ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 ވުރެ ގިނަ ޓެބްލެޓް ހިމެނެއެވެ.

މީގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމްޑ.އާރް- ޓީބީ) ވެސް ހިމެނެއެވެ.

މި ބޭސް ހަދިޔާކުރީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް (އެންޓީއީޕީ) ގެ ސްޓޮކުންނެވެ.

ޓީބީ އަކީ ސަލާމަތްތެރިވެ އެއިން ރަނގަޅު ވެވޭ ބައްޔެއްނަމަވެސް އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ އެއް ބައްޔެވެ.

އިންޑިއާއިން ބުނީ ރާއްޖޭގެ ސަރުކާރުން ސިއްހީ ދާއިރާގެ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.