އެމެރިކާއިން ރާއްޖެއަށް ވެކްސިން ހަދިޔާ ކޮށްފި

އެމެރިކާ ސަރުކާރުން ރާއްޖެއަށް ވެކްސިން ހަދިޔާ ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެގައުމުން ރާއްޖެއަށް ޑޯޒްގެ 99450 ވެކްސިން ހަދިޔާކޮށްފައިވާ ކަމަށެވެ. އެއީ ކޯވިޑް-19އިން ދިފާޢުވުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވެކްސިން ކަމަށެވެ. އޭގެތެރޭގައި ފައިޒާ އާއި މޮޑަރނާ ވެސް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެމެރިކާއިން، ޔޫ.އެސް އެޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮފްމަންޓް މެދުވެރިކޮށް، ދަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒިފުންނަށް ތަމްރީން ދިނުމާއި، ރައްކާތެރިކަމާއި އެފެކްޓިވްކަމާއެކު ވެކްސިން ޖެހުމަށް ބާރު އަޅައި އެކަމުގެ މައުލޫމާތު ވެސް ފޯރުކޮށް ދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.