19 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފި

19 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުކޮށް، ހުރިހައި ރަށަކަށް އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން މީގެ ކުރިން ވެސް ވަނީ އެކި ރަށްރަށަށް އެމްބިއުލާންސް ފޮނުވާފައެވެ.

މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް ހެލްތު މިނިސްޓްރީން، އެސްޓީއޯއާ ޙަވާލުކުރުމުން އެހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެ ގެނެސް ރަސްމީކޮށް އެތަކެތި މިހާރުވަނީ ހެލްތް މިނިސްޓްރީއަށް ހަވާލުކޮށްފައެވެ.

މީގެތެރެއިން އެންމެ ފަހުން ގެނެސްފައިވާ އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މި އެމްބިއުލާންސްތައް މިފަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ 19 ރަށަކަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ 2 ރަށަކާއި ހދ. އަތޮޅުގެ ރަށަކާއި ށ. އަތޮޅުގެ ރަށެކެވެ. އަދި ނ. އަތޮޅުގެ 3 ރަށަކާއި ބ. އަތޮޅުގެ 2 ރަށަކާއި، ކއަތޮޅުގެ 2 ރަށަކަށާއި އދ. އަތޮޅުގެ ރަށެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން ދ. އަތޮޅުގެ 2 ރަށަކަށާއި ތ. އަތޮޅުގެ ރަށަކަށާއި ލ. އަތޮޅޫގެ ރަށަކަށާއި ގއ. ގެ ރަށަކާއި ގދ. އަތޮޅުގެ 2 ރަށަކަށް ވެސް މިފަހަރު އެމްބިއުލާންސްތައް ފޮނުވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.