ފިތުރު ޢީދު ދުވަހު ހަވީރު 4 ން ރޭގަނޑު 8 އަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ޚާއްސަ ހުއްދައެއް ދޫކުރަނީ

މިއަހަރުގެ ފިތުރު ޢީދު، ހިނގާފާ އުޅޭ ވަގުތަކީ ހަވީރު 4 ން ރޭގަނޑު 8 އަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ބުނީ ހިނގާފައި އުޅޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެފަދަ އުޅަނދުތަކަށް ދޫކުރާ ޚާއްސަ ސްޓިކަރ މިއަދު ވެސް ދޫކޮށްފައިވާއޮރު، މާދަމާ ހެނދުނު 09:00 އިން ހަވީރު 15:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށް ވެސް ސްޓިކަރ ދޫކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން ބުނީ ސްޓިކަރ ދޫކުރާނީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ އެ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭ ބައިން ކަމަށް ވެސް ބުންޏެވެ.

ފިތުރު ޢީދު ދުވަހު 4 ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.