ރޯދަ މަޖާ: އަވަހަށް ފިލާ!

އެއް އަހަރު ފަހުން

ފަނޑިޔާރު: ކަލޭ މިހިރަ މީހާގެ މޫނުމަތީގައި ޖެހިންތަ؟

މުލްޒިމް: އާދެ. ޖެހިން.

ފަނޑިޔާރު: ޖެހީ ކީއްވެގެން؟

މުލްޒިމް: އެއީ މީގެ އެއް އަހަރު ކުރިން މީނާ އަޅުގަނޑާ ދިމާއަށް ކަލޭ ތިޔައީ ބަކަމޫނެކޭ ބުނީމާ.

ފަނޑިޔާރު: އެއް އަހަރު ކުރިން ކިޔާފައި އޮތް އެއްޗަކަށް މިއަދު މޫނުމަތީގައި ޖެހީ ކީއްވެގެން؟

މުލްޒިމް: އަޅުގަނޑަށް ބަކަމޫނެއް ފެނުނީ މިއަދު.

އަވަހަށް ފިލާ!

ޙަސަންގެ ކްލާސް ޓީޗަރު ގެއަށް ވަންނާން އަންނަތަން ފެނިގެން މާމަ ޙަސަނު ކުރެން އަހައިލިއެވެ. "ދަރިފުޅު މިއަދު އިސްކޫލް ނުނިމެނީސް ގެއަށް އައީތަ؟"

ޙަސަން ވަރަށް ދެރަވެފައި އިސް ދަށަށް ޖަހައިލިއެވެ. އަދި ރޯ ވައްތަރު ދައްކައިލާފައި ބުންޏެވެ. "އާނ."

ޙަސަންގެ ހަރަކާތް ހުރި ގޮތް މާމައަށް ވަރަށް މަޖާ ވެއްޖެއެވެ. އެހެންވީމާ ހިނިތުންވެލާފައި ބުންޏެވެ. "މާމަ ޓީޗަރު ގާތު ބުނާނަން ދަރިފުޅު މިއަދަކު ނުދެކެމޭ. އަވަހަށް ގޮސް ފިލާ."

ޙަސަން ބުންޏެވެ. "ފިލަންވީ އަހަންނެއް ނޫން. މާމަ އަވަހަށް ފިލާ. އަހަރެން އިސްކޫލުގައި މިއަދު ބުނީ މާމަ މަރުވެއްްޖެއޭ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.