ނެދަލޭންޑުގެ ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށައިފި

ނެދަލޭންޑުގެ ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފަށައިފިއެވެ.

އެމްއެމްޕީއާރްސީން ބުނީ ނެދަލޭންޑްސްގެ ނޫސްވެރިންގެ ޓީމުގައި އެގައުމުގެ މަގުބޫލު އޮންލައިން، ޕްރިންޓް މަޖައްލާތަކާއި ނޫސްތަކަށް ނިސްބަތްވާ ނޫސްވެރިން ހިމެނޭ ކަމަށެވެ. އަދި ފޭމް ޓްރިޕުގެ މި ބައިވެރިން ރާއްޖޭގެ ތިން ރިސޯޓެއްގެ ތަޖުރިބާއާއި އެތަންތަނުގެ ކެއުން ތަޖުރިބާ ކުރާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އެ ތަޖުރިބާގެ އަލީގައި "ވެލްނަސް" ތީމެއްގެ ދަށުން، ތަޖުރިބާއާއި ކެއުމުގެ ބާވަތްތަކާއި ބެހޭ ލިޔުންތައް ލިޔެ، ނެދަލޭންޑްސް މާކެޓްގެ މުއްސަނދި ދަތުރުވެރިންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

ނެދަލޭންޑްސް މާކެޓުގެ ގައުމުތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން، ނެދަލޭންޑްސްގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަކީ ގުދުރަތީގޮތުން ރައްކާތެރި، އަމާން ޒަޖީރާ މަންޒިލެއްކަން ޔަގީންކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.