މަޝްރޫޢުތައް ކުރިއަށްގެންގޮސް ނިންމާލެވޭވަރަށް ޔޫތު މިނިސްޓްރީގެ ބަޖެޓުގައި ފައިސާ ހިމެނިފައިނުވޭ: ޔޫތް މިނިސްޓަރ

މަޝްރޫޢުތައް ކުރިއަށްގެންގޮސް ނިންމާލެވޭވަރަށް ޔޫތު މިނިސްޓްރީގެ ބަޖެޓުގައި ފައިސާ ހިމެނިފައިނުވާ ކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ރ. މާކުރަތު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ފުޓުބޯޅަ ސްޓޭޑިއަމެއްގެ ސަބްބޭސް އަޅައި ޓާފް އެޅުމަށް 8 މިލިއަނެއްހައި ރުފިޔާ ހޭދަވާކަމަށެވެ.

އެހެންނަމަވެސް ބައެއް މަޝްރޫޢުތައް ހިންގުމަށް ލައްކައެއްހައި ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މަޝްރޫޢުތައް ބޭނުންވާ ދުވެލީގައި ހިންގުމަށް ދަތިތަކެއް ކުރިމަތިވާކަމަށެވެ.

މީގެ އިތުރުން ބަޖެޓުގައި ފައިސާ ހިމަނާފައި ހުރީ އެއްވެސް މަޝްރޫޢެއް ފަށާގޮތަށް ގެންގޮސް ނިންމައިލެވޭ މިންވަރަށްކަށް ނޫން ކަމަށް ވެސް މިނިސްޓަރ މަހްލޫފު ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.