ޕްރިންޓް ކުރުމުގެ މައްސަލަ
އޮފީހެއްގައި މަސައްކަތްކުރާ ކުއްޖަކު އެއްޗެއް ޕްރިންޓް ކުރަން އުޅެއުޅެ ނުވިއެވެ. އެންމެ ފަހުން އޭނާ ކޮމްޕިއުޓަރު މަސައްކަތްކުރާ މީހަކަށް ގުޅައިފިއެވެ. "އަޅުގަނޑު މި އުޅެނީ ވަރަށް ބޮޑު މައްސަލައެއް ދިމާވެގެން. އަޅުގަނޑުގެ ޕްރިންޓަރުން ނޫކުލަ ޕްރިންޓް ނުކުރެވިގެން. އެހެން ކުލަ ރަނގަޅަށް އެބަ ކުރެވޭ."
އަނެއްކޮޅުން ވާހަކަދެއްކި މީހާ ވަރަށް ގިނަ ސުވާލުކޮށްފިއެވެ. މައްސަލައަކީ ކޮބައިތޯ ޔަގީންކުރަން ޖެހޭ މުހިއްމު އެތައް ކަމެއް ޔަގީން ކޮށްފިއެވެ. ކޮމްޕިއުޓަރު ނިއްވާފައި އަލުން ޖައްސަން ބުނެފިއެވެ. ޕްރިންޓަރު އަލުން ޖައްސަން ބުނެފިއެވެ. މިއިން އެއްވެސް ކަމަކުން މައްސަލަ ހައްލު ކުރެވޭ ގޮތެއް ނުވިއެވެ.
އެންމެ ފަހުން އޭނާ ބުނެފިއެވެ. "މި އޮފީހަށް އައިސް ބަލައިދެވޭނެ ގޮތެއް ނެތްތަ؟"
ކޮމްޕިއުޓަރުގެ މަސައްކަތްކުރާ މީހާ އޮފީހަށް އައިސް ބަލާފައި ބުންޏެވެ. "ނޫ ކަރުދާހުގެ ބަދަލުގައި ހުދު ކަރުދާސް ޕްރިންޓަރަށް ލައްވާ."
ރީތި ރެއެއް
އެކުވެރިންގެ ބަޔަކު ފަޅު ރަށަކަށް ދަތުރު ހިނގައްޖެއެވެ. ރޭގަނޑު ނިދީ އަތިރިމަތީގައެވެ. ދެ މީހަކު ނިދަން ތިބެފައި ދަންވަރު ހޭލެވިގެން އެކަކު ބުނެފިއެވެ. "މިއީ ހާދަހާ ރީތި ރެއެކޭ. އުޑުމަތީގައި އެހެރަ ތަރިތައް ފެނުނީމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. މިހެން ތިބޭ އިރު ތަރިތަކާއި ހަނދާ ފެނުނީމާ ކަލޭގެ ހިތަށް އަރަނީ ކީކޭ؟"
ދެވަނަ މީހާ ބުންޏެވެ. "އަހަރެންގެ ހިތަށް އަރަނީ އަހަރެމެންގެ ފޭލިގެ ވަގަށް ގެންދިޔައީ ހާދަހާވާ ނުލަފާ ބައެކޭ."