ރޯދަ މަޖާ: މުޅި ގައިގައި ރިއްސަނީ

މުޅި ގައިގައި ރިއްސަނީ

އަންހެނަކު ޑަކްޓަރަށް ދައްކާން ހިނގައްޖެއެވެ. ވަރަށް ބޮޑު ވެފައި ޑަކްޓަރު ގާތު ބުންޏެވެ. "އަޅުގަނޑަށް ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެއްޖެ. މުޅި ގައިގެ އެތަންމިތާނގައި ރިއްސަނީ. އިނގިލިކުރި ޖައްސައިލާ ކޮންމެ ތަނެއްގައި އެބަ ރިއްސާ."

ޑަކްޓަރު ބުންޏެވެ. ""ރިއްސާ ތަންތަން އިނގިލި ޖައްސައިފައި ނިކަން ދައްކައިލަބަލަ."

އަންހެންމީހާ ފުރަތަމަ އިނގިލި ޖައްސައިލީ ނިތްކުރީގައެވެ. "މިތާނގައިވެސް އެބަ ރިއްސާ."

ދެން އިނގިލި ޖައްސައިލީ ކޮލުގައެވެ. "މިތާނގައިވެސް އެބަ ރިއްސާ."

ދެން އިނގިލި ޖައްސައިލީ މޭގައެވެ. "މިތާނގައިވެސް އެބަ ރިއްސާ."

ދެން އިނގިލި ޖައްސައިލީ ބަނޑުގައެވެ. "މިތާނގައިވެސް އެބަ ރިއްސާ."

އަންހެންމީހާ ރޯން ފަށައިފިއެވެ. "އަޅުގަނޑުގެ ދުވަސް ހިނގައްޖެ. ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތް."

ޑަކްޓަރު ބަލައިލާފައި ބުންޏެވެ. "ތިޔައިން އެއްވެސް ތަނެއްގައި ރިއްސަނީއެއް ނޫން. ކަލޭގެ އިނގިލި ތިޔަހަރީ ބިންދައިގެން ގޮސްފައި."

އަހަރެމެން

ދެމީހަކު ރެސްޓޯރަންޓެއްގައި ސައި ބޯން ތިބެފައި އެކަކު ބުނެފިއެވެ.

"އެހެރެ މޭޒުގައި އެތިބަ ދެ މީހުންނަށް ނިކަން ބަލައިބަލަ. އެ ތިބީ މުސްކުޅިވެ މަރުވާން ކައިރިވެފައި. މީގެ ވިއްސަކަށް އަހަރު ފަހުން އަހަރެމެން ދެ މީހުން ތިބޭނީ އެހެން."

ދެވަނަ މީހާ ބުންޏެވެ. "ވިއްސަކަށް އަހަރެއް ނޫން. އެއީ މިހާރު އަހަރެމެން މިތިބަ ގޮތް. އަހަރެމެންގެ ކުރިމަތީގައި އެހެރީ ބޮޑު ލޯގަނޑެއް."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.