އައްޑޫއާއި ފުވައްމުލަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލާން އިސްލާމިކް މިނިސްޓްރީން އަންގައިފި

އައްޑު އަތޮޅުގެ ހުރިހައި ރަށެއްގައްޔާއި ފުވައްމުލަކުގައި މިއަދު މަޣްރިބު ނަމާދަށް ފަހު ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގައިފިއެވެ. މި ދެ އަތޮޅުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައިވެސް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޖަމާއަތުގައި ނަމާދު ކުރުން މަނާ ކަމުގައެވެ. މި ގޮތަށް ނިންމައިފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރީންގެ ލަފާގެ މަތީންނެވެ.

މީގެ އިތުރަށް ރަށެއް ލޮކްޑައިންގެ ހާލަތަށް ހިނގައްޖެ ނަމަ ފަސްނަމާދާއި ހުކުރު ނަމާދު ޖަމާއަތުގައި ކުރުން ހުއްޓައިލުމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ އަންގައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.