މާސްކް އެޅުން މަޖުބޫރުކޮށްފި - ނާޅާނަމަ ފިޔަވަޅު އަޅާނެ

ރާއްޖޭގެ ހުރިހައި ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް ނާޅާ މީހުންނާ މެދު ފިޔަވަޅު އަޅަން ރައީސް އޮފީހުން ފުލުހުންނަށް އަންގައިފިއެވެ. މިއީ ކޯވިޑް 19 ގެ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނި ފަހަކަށް އައިސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅެކެވެ. މާލޭގައި މާސްކު ނާޅައި އުޅުން ހުއްދަކޮށްފައެއް ނެތެވެ. އެކަމަކު ފަހަކަށް އައިސް ނާޅައި އުޅޭ މީހުން ވަރަށް ގިނައިން ފެނެއެވެ. ފުލުހުން އެއިން މީހަކާ މެދު ފިޔަވަޅެއެް ނާޅައެވެ.

އޮމިކްރޯންއަކީ ވަރަށް އަވަހަށް ފެތުރޭ ބާވަތެއް ކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް އެހެން ބާވަތަކަށްވުރެ ވަކީން ނުރައްކާޓެރި ކަމަށް އަދި އެއްވެސް ރަސްމީ އިދާރާއަކުން ބުނެފައެއް ނެތެވެ.

އޮމިކްރޯން ފެނި ބަލި ފެތުރުން އިތުރުވުމާ ގުޅިގެން މާލޭގައި ބޭއްވި މަގުމަތީ ބާޒާރުވެސް ވަނީ ހުއްޓާލައިފައެވެ.

ރޭ މުޅި ރާއްޖެއިން ކޯވިޑް 19 އަށް ޕޮޒިޓިވް ވީ 228 މީހުންނެވެ. މި މީހުންގެ ތެރެއިން 102 މީހުންނަކީ މާލެއިން ޕޮޒިޓިވް ވީ މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.